ކުދޫ ހުށައެޅުއްވި އިސްލާހުގައި ވިދަޅުވީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ފުލެޓާއި ގޯތި ދިނުމުގައި، ކައިވެންޏެއް ކޮށްގެން އުޅުމާއި، ދަރިން ތިބި އަދަދު އެއީ ފުލެޓަށް އެދޭ މީހާގެ ޝަރުތު ހަމަވޭތެ ބެލުމަށް ޕޮއިންޓު ދިނުމުގައި ބަލާ ކަންކަމަށެވެ.
މިފަދަ ގިނަ ސްކީމްތަކުގެ ޝަރުތުތަކަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން ފުލެޓަށް އެދި ހުށަހެޅޭނީ އެކަކަށެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ވެސް ޝަރުތުކޮށްފައި އޮންނަ ކަމެކެވެ. މިފަދަ ސްކީމްގެ ޝަރުތުތަކަށް ޖުމުލަގޮތެއްގައި ބަލާއިރު، އެ ސްކީމްތައް ފަރުމާކޮށްފައި އޮންނަނީ އެއީ ވަކި މީހަކަށް ދޭ ބޯހިޔާވަހިކަމަކަށް ވުމުގެ ބަދަލުގައި، އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތަށް ހަމަޖެއްސުމަށްކަމަށް ކުޑޫ ހުށައެޅި އިސްލާހުގައި ވެއެވ.
ކުޑޫ ވިދާޅުވީ މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފުލެޓާއި، އެހެނިހެން މުދަލަކީ، ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދުކަމަށްވާ، އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުންކަމަށެވެ.