ads
ސަރުކާރަށް ދެ އަހަރުން ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ
ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރާ ހަފްލާގަ ރައީސްގެ ހާއްސަ ޕްރެޒެންޓޭޝަނެއް
މި ސަރުކާރަށް މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގައި ބޮޑު ހަފްލާއެއް ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބީތަކާއި މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެޒެންޓޭޝަނެއް އޮންނާނެ ކަމަށެވެ.

މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފްލާއަކަށް ވާތީ ސަރުކާރުގެ ވީހާ ވެސް ގިނަ މުވައްޒަފުން އެ ހަފްލާގައި ބައިވެރިވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މިދިޔަ ތިން އަހަރު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވުނީ ސަރުކާރުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގަ އެވެ. އެ ހަފްލާގައި ވެސް ރައީސް ޑރ. މުއިއްޒު ވަނީ ސަރުކާރުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް