އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި އެކީކަމަށެވެ. އެހެންކަމުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް ސަރުކާރުން ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ.
އެގޮތުން މިދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަޔް ކިޔާދޭން ފަށައިފިނަމަ ހަމަ ޔަގީނުންވެސް މިރޭ ފަތިސްވާއިރުވެސް ނުނިމޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މިދިޔަ ތިން އަހަރު ދުވަހު ކުރި މަސައްކަތް ކިޔާދޭނަމަ އެއަށްވުރެ ގިނަ ވަގުތު ހޭދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ ތިން އަހަރު މުރި މަސައްކަތްތައް އެނގޭނެ ފޮތެެއް ރައީސް މުއިއްޒު މިރޭ ވަނީ ނެރެދެއްވާފަ އެވެ. އަދި މި ފޮތް މިހާރު އޮންލައިންކޮށް ބެލޭނެކަމަށާއި ވަރަށް އަވަހަށް ޗާޕުކޮށްގެން ނެރޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.