ޖަނަވާރުތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ތަހުލީލުތަކުގައި، މި އެންޓިބޮޑީ ވަނީ އެ ތިން ވައިރަސްވެސް ކާމިޔާބުކަމާއެކު ނިއުޓްރަލައިޒްކޮށްފައެވެ. މި ތާރީޚީ ހޯދުމުގެ ސަބަބުން، ކޮރޯނާވައިރަސްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ނުރައްކާތެރި ބަލިމަޑުކަންކަމުން ރައްކާތެރިވުމަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
މި ރިސާޗުން ދައްކާ ގޮތުގައި، އުފެއްދި އެންޓިބޮޑީގެ ސަބަބުން މުސްތަގުބަލުގައި ކުރިމަތިވެދާނެ ވައިރަލް އައުޓްބްރޭކްތަކުން އިންސާނުން ރައްކާތެރިކޮށްދިނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖޯޖިއާ ސްޓޭޓް ޔުނިވަރސިޓީގެ ރިސާޗަރުން ހާމަކުރި ގޮތުގައި މިއީ ކުރިއަށް އޮތް ތަނުގައި ފެތުރިދާނެ ވައިރަސްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް އުއްމީދީ ނަތީޖާއެކެވެ.