މިއަދު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް މި އިވެންޓު ކުރިއަށްދާނީ ހާރިޖީ ވުޒާރާގެ ގްރައުންޑް ފްލޯގައެވެ.
މި އޯޕަން ޑޭގެ ތެރެއިން ވިސާއަށް އެދި ހުށަހެޅުމުގެ މަރުހަލާތަކާއި ބޭނުންވާ ޝަރުތުތަކުގެ އިތުރުން ވީއެފްއެސް ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޑެސްކެއް ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. މީގެއިތުރުން، ކޮންސިއުލަރ ހިދުމަތްތަކުގެ މައުލޫމާތާއި، ލިޔެކިޔުންތައް އެޓެސްޓް ކުރުމުގެ އިރުޝާދާއި ވިސާއާ ގުޅޭ އެކި ލަފާތައް މި ޑެސްކު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޒުވާނުންނަށް ހާރިޖީ ވުޒާރާއިން ލިބެންހުރި ވަޒީފާގެ ފުރުސަތުތަކާއި ފަންނީ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އޯޕަން ޑޭގެ ތެރެއިން ކުރިއަށްގެންދާ އިންޓަރެކްޓިވް ކުއިޒެއްގައި ބައިވެރިވެގެން ވުޒާރާއާ ގުޅޭ ތަފާތު މައުލޫމާތުތައް ދަސްކުރުމުގެ ފުރުސަތު ވެސް އާންމުންނަށް ވަނީ ހުޅުވާލާފައެވެ.