ads
ދިއްދޫގައި ބޭއްވި އެމްއެމްއޭ ފިންލިޓް ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ/ އެމްއެމްއޭ
ދިއްދޫގައި ބޭއްވި އެމްއެމްއޭ ފިންލިޓް ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ބާއްވަމުން ގެންދާ އެމްއެމްއޭ ފިންލިޓް ފެސްޓްގެ ދަށުން އިއްޔެ ކުޑަކުދިންގެ ހަވީރެއް ހއ. ދިއްދޫގައި ބާއްވައިފި އެވެ.
Advertisement

މި ހަވީރުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ އިރު، ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއެކު ކުދިންނަށް އިނާމުތައްވެސް ދީފައިވެ އެވެ. ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދީފައިވާ އިރު، ގިފްޓް ކާޑާއި އެ ނޫންވެސް އެކި އިނާމުތައް ބައިވެރިންނަށް ލިބިފައިވެ އެވެ.

ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ހާއްސަ ހަރަކާތްތައް މި ހަވީރުގެ ތެރެއިން ހިންގާފައިވެ އެވެ. އެގޮތުން ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލެއް ބަހައްޓައި، ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކުރެވެމުން އައި ފައިސާ ފޮއްޗާއި ނޫޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މި ކުޑަކުދިންގެ ހަވީރުގައި އެމްއެމްއޭއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ބައިވެރިވެފައިވެ އެވެ. އަދި މިކަމުގައި ދިއްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު މިއަދު ހއ. ވަށަފަރުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ފިންލިޓް ފެސްޓްގެ ދަށުން ހއ. ގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަމާބެހޭ ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް