ads
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
މީޑިއާ ގްރާންޓުގެ ދަށުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އާންމުކޮށްފި
މީޑިއާ ގްރާންޓުގެ ދަށުން ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ.
Advertisement

މި އުސޫލު އެކުލަވާލާފައިވަނީ މީޑިއާ ގްރާންޓުން ފައިސާ ލިބޭނެ މީޑިއާތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނާ ހަވާލުކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ މަސައްކަތް މީޑިއާ ކޮމިޝަނާ ހަވާލުކުރުމަށްފަހު، އެ ވުޒާރާއިން އެކުލަވާލި އުސޫލު ވަނީ ބާތިލުކޮށްފައެވެ. އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ފައިސާ ދޫކުރާނީ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރު ވެފައިވާ މީޑިއާތަކަށެވެ. އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮންނަންޖެހޭނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އަންގައިދޭ ބޭންކު ސިޓީ އަންނަ އަހަރުން ފެށިގެން ހުށަހަޅަންޖެހޭއިރު، ކުރިން މި ގްރާންޓުން ފައިސާ ލިބިފައިވާ ފަރާތްތަކުން އެ ފައިސާ ޚަރަދުކުރި ގޮތުގެ މާލީ ބަޔާން ހުށަހަޅަންޖެހެއެވެ.

އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް، މައި ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭހެން، އެހީ ލިބޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ އެއް މީޑިއާއަކަށެވެ. ކޮންމެ މީޑިއާއަކުން ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަނެވެ. އަދި އެ ފަރާތްތަކަށް އިޚްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މީޑިއަމް ނުވަތަ ދެ މަންސައެވެ.

މާލީ އެހީ ދިނުމުގައި މާކްސް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ:

  • މީޑިއާ ހިންގި މުއްދަތު

  • މުވައްޒަފުންގެ އަދަދު

  • މުވައްޒަފުންގެ ތައުލީމާއި، ތަޖުރިބާ އަދި އިދާރީ އިންތިޒާމުތައް

  • ބިޒްނަސް ޕްލޭން

  • އުފައްދާ ކޮންޓެންޓާއި އޭގެ ބާވަތް

މި އުސޫލުގެ ދަށުން އެހީ ލިބޭނީ 50 އިން މަތިން މާކްސް ލިބޭ މީޑިއާތަކަށެވެ. ނަމަވެސް، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ މީޑިއާއަކާ މެދު ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅައި އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް 3 މާކްސް އުނިކުރެވޭނެއެވެ. އެހީއަށް އެދި ހުށަހަޅަންޖެހެނީ ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ. މާކްސް ދިން ގޮތް އެ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، މާކްސް މުރާޖާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާތަކަށް ދޫކުރާނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ހާއްސަ ފޯމިއުލާއަކުންނެވެ. ކޮމިޝަނުން އެހީ ލިބޭ މީޑިއާތަކުގެ ލިސްޓު ކަނޑައެޅުމުން، ދާހިލީ ވުޒާރާ މެދުވެރިކޮށް މާލީ ވުޒާރާއަށް ފޮނުވައިގެން، ފައިސާ ޖަމާކުރާނީ އެ މީޑިއާއެއްގެ ބޭންކު އެކައުންޓަށެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދަކަށްވާއިރު، މިކަމަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ވަނީ ކަނޑައަޅާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ މީޑިއާތަކަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އަދި މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމާއި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް