ads
މިއަދު ހިނގި އެކްސިޑެންޓްގައި ފިހާރައަކަށް ގެއްލުން ވެފައި. ފޮޓޯ: އެމްވީކްރައިސިސް
މާލޭގެ ސަބުދެރިޔާމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މާލޭގެ ސަބުދެރިޔާ މަގުގައި ސައިކަލެއް ކޮންޓްރޯލް ނުވެ، ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
Advertisement

މި ހާދިސާ އާއި ގުޅޭ މައުލޫމާތު ހާމަ ކުރަމުން ފުލުހުން ބުނެފައިވަނީ، މާލޭގެ ސަބުދެރިޔާމަގުގައި މިއަދު ހެނދުނު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑު ފަޅާލާފައި އެ ފިހާރަތެރެއަށް ވަދެފައިވާ ކަމަށެވެ. 

މި އެކްސިޑެންޓުގައި ސައިކަލުގައި އިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

މިހާދިސާގައި އަނިޔާވި ފަރާތަށް ލިބުނު ގެއްލުމާއި ބެހޭ އެއްވެސް މައުލޫމާތެއް، ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، މި އެކްސިޑެންޓާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. މި ވީޑިއޯގައި، ކޮންޓްރޯލް ނުވި ސައިކަލު، ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރާފައިވާ މަންޒަރު ފެންނައިރު، ފިހާރައިގެ ބިއްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައިވާ މަންޒަރުވެސް ފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް