ads
ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން: އޭނާގެ ބަންދު އިތުރުކޮށްފައި މިވަނީ ތިން ވަނަ ފަހަރަށް.
ހުޅުޖަހަން ގޮވާލި މީހާގެ ބަންދަށް އިތުރު 16 ދުވަސް
ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި އެވެ.
Advertisement

މިއީ ޒިހާންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ 15 ދުވަސް ޖަހާފައިވާ އިރު، އެންމެ ފަހުން އަމުރުކޮށްފައިވަނީ 14 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. 

އަދި އެ މުއްދަތު ހަމަވާތީ އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އިތުރު 16 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. މިކަން ފުލުހުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.

އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. އެކަމަކު ފަހުން މަގާމުން ވަކިކުރުމުން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް