އެ ނޫހާ ވާހަކަދެއްކި މަސްދަރުތަކުން ބުނި ގޮތުގައި ޕީޓް ޑޭވިޑްސަން އާއި ސާރާ ޖޭން ނޭޑާގެ މެދުގައި ގުޅުމެއް އުފެދިގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުން ފެށިގެން މި ދެ ތަރިންގެ ނަން އެކުގައި ގުޅުވައިގެން ދަނީ ވާހަކަ ދެކެވެމުންނެވެ.
ނަމަވެސް މި ގުޅުމާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން އުޅެނީ ހަމައެކަނި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ގުޅިގެންނެވެ. އަދި މި ގުޅުން މާ ބޮޑަށް ސީރިއަސްކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ގުޅުމުގެ ތަފްސީލު ދެމުން ޓީއެމްޒީގެ މަސްދަރުތަކުން ބުނެފައިވަނީ ޕީޓް ޑޭވިޑްސަން އާއި ސާރާ ޖޭން ނޭޑާ އުޅެނީ އެކަކު އަނެކަކަށް ހާއްސަވެގެން ނޫން ކަމަށެވެ. އަދި ދެ މީހުންވެސް މިހާރު އެހެން މީހުންނާ ބައްދަލުކޮށް، އެހެން ގުޅުންތައްވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކަކާ މީގެ ކުރިންވެސް ލޯބީގެ ގޮތުން ގުޅިފައިވާ ޕީޓް ޑޭވިޑްސަންގެ އާ ގުޅުމާ ބެހޭ ގޮތުން ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ހުއްޓިފަ އެވެ. އެހެންނަމަވެސް، މި ގުޅުމާ ގުޅޭ ގޮތުން ޕީޓް ޑޭވިޑްސަން އަދި ސާރާ ޖޭން ނޭޑާވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.