މިއީ 1948 ވަނަ އަހަރު އެ ގައުމު އުފެދުނު ފަހުން ގައުމީ ދިދައިގެ މިންތަކަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
މި ބަދަލު ގެނެސްފައިވަނީ ކިމް ޖޮންގް އުންގެ ކާފާފުޅު އަދި ނޯތު ކޮރެއާގެ ބާނީ ކިމް އިލް ސުންގްގެ ވެރިކަމުގައި ތައާރަފުކުރެއްވި ދިދައިގެ އަސްލު މިންތަކަށެވެ. ވޭތުވެދިޔަ 78 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ދިދައިގެ ރަސްމީ މިންތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ނޯތް ކޮރެއާގެ ދިދައަށް ގެނައި ބަދަލުތައް
ނޯތު ކޮރެއާގެ ގައުމީ ދިދަ ފުރަތަމަ ތައާރަފުކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ސޯވިއެޓް ޔޫނިއަންގެ ނުފޫޒާ އެކުގައެވެ. އެ ދިދައަކީ އޭގެ ފަހުން އެ ގައުމުގެ ރަސްމީ ނިޝާނުގެ ގޮތުގައި މެދުނުކެނޑި ބޭނުންކުރަމުން އައި ދިދައެކެވެ.
މި އިސްލާހާ އެކު ދިދައިގެ ރަސްމީ މިންތަކަށް ގެނައި ބަދަލަކީ ތާރީހީ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަބަބަކީ ގައުމު އުފެދުނީއްސުރެ ބަދަލު ނުކޮށް އޮތް ދިދައިގެ މިންތަކަށް ކިމް ޖޮންގް އުން މިހާރު އާ ބަދަލެއް ގެންނަވާފައިވާތީއެވެ.
މި ބަދަލާ ގުޅިގެން ނޯތު ކޮރެއާގެ ގައުމީ ދިދައިގެ ރަސްމީ ސިފައަށް އާ މިންތަކެއް ވަނީ ކަނޑައެޅިފައެވެ. އެހެންނަމަވެސް ދިދައިގެ މިންތަކަށް ގެނައި މި ބަދަލުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.