ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން
ޕޫޓިންއަކީ އޭނާގެ "އެކުވެރިއެއް" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަކީ "އެކުވެރިއެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ޓްރަމްޕް މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ވެލަޑިމިއާ ޕޫޓިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިން ބޭފުޅުން އެކުގައި ބާއްވާ ފުރަތަމަ ބައްދަލުވުން ނުވަތަ ޓްރައިލެޓަރަލް ތާރީހީ ބައްދަލުވުން ޗައިނާގެ ޝެންޖެންގައި ބޭއްވި ބައްދަލުވުން ތަކުގެ ތެރެއިން ނެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ޕޫޓިންއާ ދެމެދު ބޭއްވުނު ތާރީހީ ބައްދަލުވުމުގެ ކުރިން، ޓްރަމްޕް ވަނީ ޕޫޓިންއަކީ އޭނާގެ "އެކުވެރިއެއް" ކަމަށް ވިދާޅުވެ، ދެ ބޭފުޅުންގެ މެދުގައި ގިނަ އަހަރުތަކެއް ވަންދެން ވަރުގަދަ ގުޅުމެއް އޮތްކަމަށް ވިދާޅުވެފަ އެވެ.

ޕޫޓިންއަކީ "އެކުވެރިއެއް" ކަމަށް ޓްރަމްޕް ވިދާޅުވުމުން ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ، ޕޫޓިންއަށް މުހާތަބު ކުރާނެ ގޮތެއް ނިންމަވާނީ އެމެރިކާގެ ރައީސް ކަމަށެވެ. ނަމަވެސް ޔޫކްރެއިނަށް " ޕޫޓިން އަކީ ދުޝްމަނެއް" ކަމަށާއި، އޭނާއަކީ ގާތިލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް