ހަތަރު ކައިވެންޏަށް ފަހު، އުމުރުން 57 އަހަރުގެ ލޯޕޭޒް މިހެން ބުނެފައިވަނީ މަޝްހޫރު ވެރައިޓީ މަޖައްލާއަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.
އެކްޓަރު ބެން އެފްލެކްއާ ވަކިވުމަށް ފަހު، އަލުން ލޯބީގެ ގުޅުމެއް ފެށުމަށް ނުވަތަ ފަސްވަނަ ކައިވެންޏަކަށް އަވަސްވެގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ލޯޕޭޒް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އޭނާ މިވަގުތު އިސްކަންދެނީ ބައިވެރިއަކު ހޯދުމުގެ ޕްރެޝަރާ ދުރުވެ، އަމިއްލަ މިނިވަންކަމުގައި ދިރިއުޅުން ވޭތުކުރުމަށެވެ.
މީގެ ކުރިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެތައް ލޯބީގެ ގުޅުންތަކެއް ލޯޕޭޒް ވަނީ ތަޖުރިބާކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ފެންނަނީ އެހެން މީހަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ވަގުތުދީ، އަމިއްލަ ގޮތުގައި ދިރިއުޅުމުގެ އުފާ ހޯދަމުންދާ މަންޒަރެވެ.
މި އިންޓަވިއުގައި ލޯޕޭޒް ބުނީ މިހާރު މީހަކާ ރައްޓެހިވުމުގެ ބޭނުމެއް ނެތް ކަމަށާއި، މިހާރު އުޅޭ ގޮތާ މެދު ވަރަށް އުފާވެ، ހިތްހަމަޖެހިގެން ހުރި ކަމަށެވެ. އަދި މިހާރު އޮތް އުފާވެރި ދިރިއުޅުން ހަލާކުކޮށްލަން ބޭނުންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ބަދަލާއެކު، އެކަނި ހުރުމަކީ ލޯޕޭޒްގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި މަރުހަލާ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.