ads
"އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" އާ އުރީދޫގެ އެސިސްޓެންޓް މެނޭޖަ، ޕަބްލިކް ރިލޭޝަންސް ޝިއުނާ ހަވާލުވެވަޑައިގަންނަވަނީ.
އުރީދޫން ސިއްހީ ދާއިރާއަށް ދޭ އެހީއަށް އެމްވީ ޕްލަސް އެވޯޑް
ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާގެ (ސީއެސްއާރު) ހަރަކާތްތަކުގެ ތެރެއިން، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް އުރީދޫން ކުރާ މަސައްކަތްތައް ފާހަގަކޮށް "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ގައި އެ ކުންފުންޏަށް "ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް" ލިބިއްޖެ އެވެ.
Advertisement

މި އެވޯޑުން ރަމްޒުކޮށްދެނީ ސިއްހީ ފަރުވާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށާއި އަސާސީ ބޭސްފަރުވާގެ ހިދުމަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އުރީދޫން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސައްކަތްތަކެވެ.

ރާއްޖޭގެ ޖިއޮގްރަފީ ގޮތުން ހުރި ގޮންޖެހުންތަކާއި ވަގުތުން ވަގުތަށް ސިއްހީ ފަރުވާ ލިބުމުގެ މުހިންމުކަން ދެނެގަނެ، ސިއްހީ ދާއިރާގެ މުހިންމު ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

ސިއްހީ ދާއިރާ އާއި ތައުލީމާއި ޑިޖިޓަލް ބައިވެރިވުން އިތުރުކުރުމާއި ތިމާވެށި ހިމާޔަތްކުރުމާއި އަދި މުޖުތަމައުގެ ތަރައްގީއަށް ދެމުންދާ ސަމާލުކަމާ އެކު، އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖެއަށް ފައިދާ ހުރި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، އެންމެން ޝާމިލުވާ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުމަށް ކަމަށް ވެސް ބުންޏެވެ.

"މި ލިބުނު ޝަރަފުގެ ސަބަބުން، ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި އަދި ގައުމީ ތަރައްގީގެ ބައިވެރއެއްގެ ގޮތުގައި ދެމިއޮވެ، ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކަނޑައަޅާފައިވާ އަޒުމު އިތުރަށް ވަރުގަދަވެގެންދެ އެވެ،" އެވޯޑްގެ ހިތްވަރު އާކުރަމުން އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ދިވެހިންގެ "ޑިޖިޓަލް ދިރިއުޅުން" މުއްސަނދި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން، ހަމައެކަނި މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި ސީއެސްއާރު ހަރަކާތްތަކަށް އިންވެސްޓް ކުރުމުގައި އުރީދޫ ދެމިއޮންނާނެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް