ލޮކްޑައުން ގައި ގޭގައި ތިބޭ އިރު ފޫހި ފިލުވާލުމުގެ ގޮތުން އެކި މީހުން ކޮށް އުޅެނީ އެކި ކަންތަކެވެ. އެގޮތުން، ބައެއް މީހުން މީރު ކާ އެއްޗެހި ތައްޔާރު ކުރާއިރު، އަނެއްބަޔަކު ކުރުހާ އުޅެ އިރު ބައެއް މީހުން އަމިއްލަ އަށް ރީތި ހެދުން ޑިސައިން ކޮށް ފަހާ ކަންތައް ވެސް ކުރެ އެވެ.
ގިނަ ބަޔަކު ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް، ސްކިން ކެއާ ކްރީމް ނުވަތަ މާސްކް ފަދަ އެއްޗެހި ވެސް ގޭގައި އަމިއްލަ އަށް ތައްޔާރު ކޮށް އުޅެއެވެ.
އެގޮތުން ވިޓަމިން ސީ އަކީ މީހާގެ ސިއްހަތަށާއި، މީހާގެ ދިފާއީ ނިޒާމްގެ އިތުރުން، އިސްތަށިގަނޑު ވެސް ވަރުގަދަ ކޮށްދޭ މާއްދާ އެކެވެ. ވިޓަމިން ސީ ބޭނުން ކޮށްގެން މީހާގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވެސް ބޭނުންކުރެވިދާނެ މުހިއްމު މާއްދާ އެކެވެ. އެގޮތުން ގޭގައި އަމިއްލަ އަށް އެންމެ ދެ އިންގްރިޑިއެންޓް ބޭނުން ކޮށްލައިގެން ވިޓަމިން ސީ ތެޔޮ ތައްޔާރުކޮށް ލެވިދާނެ އެވެ.
ބޭނުންވާނެ ތަކެއްޗަކީ:
- 1 އޮރެންޖުގެ ތޮށި ގަނޑު
- 1/2 ތަށީގެ ވާޖިން ކާށި ތެޔޮ
ފުރަތަމަ އޮރެންޖުގެ ތޮށި ގަނޑު ހިމުންކޮށް ކޮށާފައި ކުޑަ ތެއްޔަކަށް ވާޖިން ކާށި ތެޔޮ އެޅުމަށް ފަހު މެދު މިނެއްގައި ހުޅުގަނޑު ބެހެއްޓުމަށް ފަހު ތެޔޮ ހޫނު ކޮށްލާށެވެ. ކުޑަ ކޮށް ހޫނު ވެލުމުން، ހިމުންކޮށް ކޮށާފައި ހުރި އޮރެންޖު ތޮށި ތައް ތެޔޮގަނޑުގެ ތެރެއަށް އަޅާލާށެވެ. ތޮށި އެޅުމަށްފަހު އަނެއްކާ ތެޔޮ ގަނޑު ހޫނުވެ ބޮކި އަރަން ފަށާއި، ތެޔޮ ގަނޑުގެ ކުލަ އޮރެންޖަށް ބަދަލު ވުމުން، އުނދުން ނިއްވާލާ ށެވެ.
ހޫނުކަން ކެނޑުމުން ތެޔޮ ފުޅިއަކަށް އަޅާ ފްރިޖަށް ލުމަށް ފަހު ފިނި ކޮށްލާ ށެވެ. ވިޓަމިން ސީ ތެޔޮ މޫނު ހައިޑްރޭޓް ކުރުމަށް ނުވަތަ މޮއިސްޗަރައިޒް ކުރުމަށް ބޭނުން ކުރެވިދާނެ އެވެ.