ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައަޅާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުއެވެ.
އެ އިސްލާހުގައިވާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަަށް ބަދަލުކުރަން ވަނީ ހިމަނާފައެވެ. އެގޮތުން ހައިކޯޓް އެކުލެވިގެން ވާނީ އެ ކޯޓުގެ އިސް ފަނޑިޔާރާއި އެކު ޖުމްލަ 14 ފަނޑިޔާރުން ހިމެނޭގޮތަށްކަމަށް ކޯޓުތަކުގެ ޤާނޫނަށް ހުށައެޅި އިސްލާހުގައިވެއެވެ. ހައިކޯޓުގެ މިހާރުގެ ފަނޑިޔާރުންގެ އަދަދަކީ 11 އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލާ ކޮންމެ މައްސަލައެއްގައިމެ، އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު، އޭނާގެ ރައުޔު އެ މަޖީލީހުގައި ވަކިން އިއްވަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނާފައެވެ. އަދި އެ މައްސަލައެއްގެ ހުކުމް ނުވަތަ މައްސަލަ ނިމުނުގޮތް ކަމުގައިވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިން އިއްވި ރައުޔުތަކުގެ އަގުލަބިއްޔަތު ނިސްބަތްވާގޮތްކަމަށްވެސް އިސްލާހުގައިވެއެވެ.