ads
ހއ.ގެ ރަށްތަކުގައި އެމްއެމްއޭން ކުރިއަށް ގެންދިޔަ ފިންލިޓް ފެސްޓިވަލްގެ ތެރެއިން ގަވަރުނަރު މުނައްވަރު ސެޝަންއެއް ނަންގަވައި ދެއްވަނީ: މިއީ އާންމުން މާލީ ކަންކަމާއި އިގްތިސާދީ ކަންކަމަށް ހޭލުންތެރިކުރަން އެ އިދާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ގެ ހަ ރަށެއްގައި ބާއްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "ފިންލިޓް ފެސްޓް ރަށްރަށަށް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ އުތުރުން ހއ. ގެ ހަ ރަށެއްގައި ބާއްވައި ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
Advertisement

މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހާ ފުޅާ ދާއިރާއެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މިއީ ފިންލިޓް ފެސްޓް އަތޮޅުތަކަށް ފުޅާކުރުމުގެ ފެށުން ކަމަށް އެމްއެމްއޭން ބުންޏެވެ. 

ނޮވެންބަރު 22-20އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން ވަނީ ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. 

your imageފިންލިޓް ފެސްޓުގައި ހއ. ގެ ރަށެއްގެ ސްކޫލް ކުދިންތަކަކަށް ޑެޕިއުޓީ ގަވަރުނަރު އަސްނާ މާލީ ކަންކަމާ ގުޅޭ މައުލޫމާތު ދެއްވަނީ.

އެމްއެމްއޭން ބުނީ އެ ހަރަކާތްތަކުގެ ތެރެއިން އާންމުންނާއި ސްކޫލް ދަރިވަރުންނަށް ގިނަގުނަ މައުލޫމާތުތަކެއް ދިނެވެ. އެގޮތުން:

  • ފައިސާ ހެޔޮ ގޮތުގައި ހަރަދުކުރުމާއި މާލީ ފުދުންތެރިކަން އިތުރުކުރުން އަދި އިގްތިސާދާ ގުޅޭ މައުލޫމާތުތައް ދިން 

  • އެ މައުލޫމާތުތައް ދިނުމަށް އެކި އުމުރުފުރާތަކާ ގުޅޭ ގޮތުން ހަރަކާތްތައް ބޭއްވި 

  • އެގޮތުން ކުޑަކުދިންގެ ހަވީރާއި މަޝްވަރާ ބައްދަލުވުންތައް ބޭއްވި 

  • ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކުރި ފައިސާގެ ނޫޓްތައް ދައްކާލުމުގެ މައުރަޒެއް ވެސް ބޭއްވި

  • ސްކޫލް ކުދިންނަށް ހާއްސަ ސެޝަންތައް ނަގައިދިން  

    އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރަކީ ރަށްރަށުގައި މި ގޮތަށް މި ހަރަކާތް ފެށުމުގެ ފުރަތަމަ ބުރު ކަމަށް އެމްއެމްއޭއިން ބުންޏެވެ. ކުރިމަގުގައި ކޮންމެ އަހަރަކު ވެސް މިފަދަ ސެޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަަށް ގެންދަން މަރުކަޒީ ބޭންކުން ވަނީ ނިންމައިފަ އެވެ. 

    ކޮންމެ އަހަރަކު ވެސް މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަތޮޅުތެރޭގަ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެމްއޭގައި މާލީ ދާއިރާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެ އެވެ. 






0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް