ads
ހެލްތު މިނިސްޓަރު ގީލާ އަލީ
ހުޅުމާލޭގައި ހަދާ ހޮސްޕިޓަލަށް ބިން ހަމަޖެހި އަމަލީ މަސައްކަތަކަށް ދަނީ ތައްޔާރުވަމުން: ގީލާ
ހުޅުމާލޭގައި އަލަން ނިންމާފައިވާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު މިނިސްޓަރުި ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގައި 500 އެނދުގެ މަލްޓި ސްޕެޝެލިޓީ ހޮސްޕިޓަލެއް އަޅުވަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު އިއުލާން ކުރެއްވީ މިއަހަރު މަޖިލިސް ހުޅުވާ ދެއްވި ރިޔާސީ ބަޔާނުގައެވެ. އަދި މި އަހަރުގެ މެދުތެރޭ ެަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ހުޅުމާލޭގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަން އޮޅުންފިލުވާދެއްވުމަށް އެދި ރައްޔިތުން މަޖިލީހުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ މިއަދު ހެލްތު މިނިސްޓަރު ގީލާ އަލީ އާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަޅާ ހޮސްޕިޓަލަށް އަޅަން ބޭނުންވާ ބިން މިހާރު ހަމަޖެހި އިކޮނޮމިކް ކައުންސިލް ހުއްދަ ލިބިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރުތައް ވުންކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

" މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް. އެގޮތުން ޓެކްނިކަލް ރިކުއާމެންޓްސް ކަނޑައެޅުމާއި ހިދުމަތްތައް ޕްލޭން ކުރުމާއި އިންޖީނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަން ދަންނަވާލަން،" މިނިސްޓަރު ގީލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަޅާ ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ފަރުވާތަކުގެ އިތުރުން ކެންސަރު ބަލީގެ ފަރުވާތައް ލިބޭނެކަމަށެވެ. އޭގެއިތުރުން ސުޕާ ސްޕެޝަލިސްޓްގެ ގިނަ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހުޅުމާލޭގައި އަލަށް އަޅާ ހޮސްޕިޓަލުން ލިބިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭ އާ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނައިރު ހުޅުމާލޭގައި މިހާރު ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެެވެ. އެގޮތުން އިތުރު 200 އެނދުގެ ބައެއް ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަަކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް