ads
ތިލަފުށި ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޕޯއެލް
ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ ބޯޓުތަކުން މުދާ ބާލަން ފަށައިފި
ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ ބޯޓުތަކުން ރަސްމީކޮށް މިއަދު މުދާ ބާލަން ފަށާފައިވާ ކަމަށް އެމްޕީއެލުން ބުނެފި އެވެ.
Advertisement

އެމްޕީއެލުން ބުނި ގޮތުގައި ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ތާރީހުގައި މުޅިން އަލަށް ތިލަފުއްޓަށް ފުރަތަމަ ކައިރިކުރީ 524 ކޮންޓޭނަރުގެ މުދަލާއެކު ރާއްޖެ އައި "އެމްއެސްއެސް ގަލީނާ" އެވެ. އެ އުޅަނދުން ގެނައި ކޮންޓޭނަރުތަކުގެ ތެރެއިން 490 ޓީއީޔޫ ބޭލުމަށް ހަމަޖެހިފައިވަނީ ސީދާ ތިލަފުށި ކާގޯ ޓާމިނަލަށެވެ.

މިއީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދީ، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއާ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ފެށި މަސައްކަތެއް ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

your imageތިލަފުށި ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރުމުގެ ތެރެއިން - ފޮޓޯ: އެމްޕޯއެލް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެ އެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ އެވެ.  

އެމްޕީއެލުން ބުނީ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، ޒަމާނީ ފެންވަރެއްގައި ހިދުމަތް ދޭން ފެށުން ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް