ads
ފަތުރުވެރިން މޫދުގައި
ފަތުރުވެރިން ވޯޓާ ސްޕޯޓަށް ނެރޭއިރު ފަތަން އެނގޭ ބަލަން ޖެހޭ، ހިލާފުވާނަމަ 1 ލައްކައިގެ ޖޫރިމަނާއެއް
ފަތުރުވެރިން ވޯޓާ ސްޕޯޓަށް ނެރޭއިރު ފަތަން އެނގޭ ބަލަން އަންގާ، އުސޫލްތަކާއި ހިލާފު ވެއްޖެނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާ ފަތުރުވެރީންނަށ،ް މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވއިދު އާއްމުކޮށްފި އެވެ.
Advertisement

މި ގަވާއިދުގެ މަގުސަދަކ،ީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށ،ް މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދޭއިރު ރައްކައުތެރި ގޮތެއްގެ މަތީން އެ ހިދުމަތްތައް ފޯރުކޮށްދިނުމާއ،ި މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ސެންޓަރުތައް ކަނޑައެޅުމާއ،ި އެ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުކަމަށް ޓްއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ގަވައިދުގައި ވެއެވެ.

މޫދަށް ނެރުމުގެ ކުރިން ފަތަން އެނގޭވަރު ބަލަން ޖެހޭ

އެ ހަރަކާތަކީ ބައިވެރިވާ ފަރާތުގެ އިސްކޮޅުގެ ތިންބައިކުޅަދެބައި މޫދުތެރޭގައި ހިމެނޭ ފަދަ ކުޅިވަރެއް ނަމަ، އެ ކުޅިވަރެއް ފެށުމުގެ ކުރިން، އެ ފަތުރުވެރީންނަށް ފަތަން އެނގޭ މިންވަރު، ތިލަ ސަރަހައްދެއްގައި ދެނެގަންނަން ޖެހޭނެކަމަށް މި ގަވައިދުގައި ވެއެވެ. އޭގެއިތުރުން މޫދު ކުޅިވަރުތަކާއި ހަރަކާތްތައް، ހިންގާއިރު، ފަތުރުވެރީންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި  ތަމްރީނު ލިބިފައިވާ ގައިޑުން އެކަށީގެންވާ އަދަދަކަށް ތިބެންވާނެއެވެ ގައިޑުންގެ. އަދަދު ކަނޑައެޅުމުގައި، ބައިވެރިވާ ފަތުރުވެރީންގެ އަދަދަށާއި، ހަރަކާތުގެ ބާވަތަށާއި، ތަނުގެ ހާލަތަށް ރިއާޔަތް ކުރަންވާނެކަމަށް ގަވައިދުގައި ވެއެވެ. 

މި ގަވައިދުގައި ބުނީ ފތުރުވެރީންނަށ،ް މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްދޭ ސެންޓަރުތަކުނ،ް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ސަމާލުވެ މޫދު ކުޅިވަރުގައި ބައިވެރިވާ ފަރާތްތަކަށް މި ބަދަލުތަކުގެ މައުލޫމާތު އަންގަންވާނެކަމަށެވެ. އަދި މޫސުމާބެހޭ އިދާރާއިން ދޭ އެލާޓުގެ މިންވަރަށް ބަލައި ނުވަތަ ކުޅިވަރު ހިންގާވަރަށް ވުރެ މޫސުން ގޯސްވެއްޖެކަމަށް އިންސްޓްރަކްޓަރަށް ފެނިއްޖެ އެއްވެސް ވަގުތެއްގައ،ި މޫދު ކުޅިވަރެއް ރާވައި ހިންގައިގެން ނުވާނެކަމަށްވެސް މި ގަވައިދުގައި ވެއެވެ. 

ގަވައިދާ ހިލާފުވެއްޖެނަމަ ބޮޑެތި އަދަބުތަކެއް 

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން މި ގަވާއިދާ ިލާފުވެއްޖެ ނަމ،ަ އެ ހިލާފުވި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައ،ި އެ ފަރާތެއް 100,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވާކަމަށް ގަވައިދުގައި ވެއެވެ.

  • ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 10,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން
  • ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 50,000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
  • ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 100,000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން 

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން މި ގަވާއިދާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާކުރުމަށްފަހު އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ހުއްދަ ބާޠިލުކުރުމުގެ އިހްތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް މި ގަވައިދުގައި ވެއެވެ.

މޫދު ކުޅިވަރަށް ހާއްސަކޮށް ވަކި ގަވައިދެއް ހަދާފައިވާއިރު މޫދުގެ އެކި އެކު ކުޅިވަރުތަކަށް ނުކުތް ގިނަ އަދަދެއްގެ ބިދޭސީން ވަނި ރާއްޖޭގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް