ads
ކްރިމިނަލް ކޯޓް
ޑްރަގާއި އެކު ހައްޔަރުކުރި މީހަކަށް ޓީބީ ބޭސްދޭން ކޯޓުން އަންގައިފި
ޑްރަގާއި އެކު ހައްޔަރުކުރި އަންހެނަކު އޭނާއަށް ޓީބީ ޖެހިފައިވާކަމަށް ބަންދުގެ މަޖިލީހުގައި ބުނެފި އެވެ.
Advertisement

އުމުރުން 31 އަހަރުގެ މި އަންހެން މީހާ ފުލުހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރު ކުރުމުގެ ތުހުމަތުގައެވެ. 

މީނާގެ ބަންދުގެ މުއްދަތު ޖަހަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ އަންހެން މީހާ ބުނީ އޭނާއަށް ޓީބީ ޖެހިފައިވާކަަމަށެވެ. އެހެންކަމުން ކޯޓުން ވަނީ އެކަން އިތުރަށް ބަލައި ބޭސް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ފުލުހުންގެ މައްޗަށް އަންގާފަ އެވެ. 

ކޯޓު އަމުރުގައިވާ ގޮތުން މީނާގެ ހަށިގަޑނާއި އަންނައުނުން މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުޑަކަމުދާތަކެތި ދިނުމަށް މީނާ އިންކާރުކޮށްފައިވާކަަމަށްވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މި މީހާގެ ބަަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް