މި ދިރާސާއިން ހާމަވި ގޮތުގައި، އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ޤަވާއިދުން ކޮންމެ ރެއަކު 9 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ނިދާ މީހުން، ވަޒީފާގެ މާހައުލުން ނުކުންނަ މުއްދަތު އާންމު މިންގަނޑަށްވުރެ އަވަހެވެ. އެގޮތުން މިފަދަ މީހުން އެހެން މީހުންނަށްވުރެ 9 މަހާއި 30 މަހާ ދެމެދުގެ މުއްދަތެއް ކުރިން ވަޒީފާއިން ވަކިވާކަން ދިރާސާއިން ވަނީ ސާބިތުވެފަ އެވެ.
ދިރާސާކުރި ފަރާތްތަކުން ވަނީ މެދުއުމުރުގެ ދުސްވަރު އާދަޔާ ހިލާފަށް ގިނައިން ނިދުމާ ގުޅޭގޮތުން ނުރައްކަލުގެ އިންޒާރު ދީފައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މެދުއުމުރުގައި ގިނައިރު ނިދުމަކީ ހަށިގަނޑުގައި ދިގުދެމިގެންދާ ސިއްހީ ބަލިމަޑުކަމެއް ނުވަތަ ދުޅަހެޔޮކަން ދަށަށްދިއުމުގެ އަޑިއަޑީގައިވާ ސިގްނަލެކެވެ.
އެހެންކަމުން، ގަވާއިދުން އާދަޔާ ހިލާފަށް ގިނައިރު ނިދުމަކީ ހަމައެކަނި ވަރުބަލިކަން ފިލުވާލުމުގެ ބަދަލުގައި، ސިއްހީ ގޮތުން ދިގުދެމިގެންދާ ބޮޑެތި މައްސަލަތަކެއް ހުރެދާނެކަމުގެ ނިޝާނެއްގެ ގޮތުގައި ބެލުމަށް ދިރާސާވެރިން ވަނީ އިލްތިމާސްކޮށްފަ އެވެ.