ads
އިމިގްރޭޝަން އޮފިސަރުންތަކެއް މަސައްކަތުގައި.
ޑީޕޯޓުކުރި ބިދޭސީއަކު އެތެރެކުރި އިމިގްރޭޝަން އޮފިސަރަކު ހައްޔަރުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓް ކޮށްފައި ވަނިކޮށް، އެ މީހާ އަލުން އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި އިމިގްރޭޝަން އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަންގެ އޮފިސަރަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ. 

ހަމައެކަނި އިމިގްރޭޝަން އިން ބުނަނީ "އިމިގްރޭޝަން ގާނޫނާ ހިލާފު އަމަލެއް ކޮށްފައިވާތީ، އޮފިސަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ".

ނުގަވާއިދުން އުޅޭ ބިދޭސީންނަށް އެހީތެރިވެދީ، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމުގައި ނާޖާއިޒު މަންފާ ހޯދާ ކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް