ads
ދުވާފަރުގައި ޑްރަގު ވިއްކާކަމުގެ ތުހުމަތުގއި ހައްޔަރުކުރި މީހުން
ދުވާފަރުގައި ޑްރަގު ވިއްކާ ގުރޫޕެއް އަތުަލައިގެންފި
ދުވާފަރުގައި ޑްރަގު ވިއްކާ ގުރޫޕެއް އަތުަލައިގެންފި އެވެ.
Advertisement

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ ތިން މީހުންނެވެ.

 އެއީ އެ ރަށު އެންދެރިމާގެ، އަހްމަދު އަބޫބަކުރު (47އ) އާއި ގުލްޝަން ހަވީރު، މުހައްމަދު އިބްރާހީމް (31އ) އަދި މަލަ، އަހްމަދު ތަލްއަތު (30އ) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ. 

މިިދޔަ ހުކުރު ދުވަހު ދުވާފަރު ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކަރުދާސްކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ  ފަސް ދުވަސް ޖަހާދީފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް