މީ އެމެރިކާގެ ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ތިރި ކުރި ޑެލްޓާގެ މަތިން ދާ ބޯޓެކެވެ.
މި ބޯޓު އެ އެއާޕޯޓަށް ޖައްސަން ތިރިކުރި ވަގުތަކީ ލޮސް އެންޖެލެސްއަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ވަގުތެވެ. އެ ވީޑިއޯ ނަގާފައިފައި ވަނީ ޓަވަރުކަން އެނގެއެވެ. އޭރު ޓަވަރުވެސް ވަރަށް ގަދައަށް ތެޅެމުންދާކަން ވީޑިއޯއިން އެނގެއެވެ.
ބިންހެލުން އައި ވަގުތު ބޯޓު ތެޅޭ ހެން ހިވާ އެ ވީޑިއޯއެއްގައި، ބޮޑު ބިންހެލުމެއް އަންނަ ކަމަށް ބުނެ ފްލައިޓް ނުޖައްސައި އަލުން މައްޗަށް އެރުވުމަށް އެއާ ކޮންޓްރޯލުން ފްލައިޓުގެ ކުރޫއިންނަށް އަންގާ އަޑު އިވެއެވެ.
މި ވީޑިއޯއާ އެކު އާންމުންގެ އެތައް ބަޔަކު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރުގެގެ މަސައްކަތާއި އޭނާގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ. އެގޮތުން އެ ބިރުވެރި ހާލަތެއްގައި ވެސް ކޮންޓްރޯލް ދޫކޮށްނުލާ އެތަނުގައި ހުރެ ފްލައިޓްގެ ކެޕްޓަނަށް ބޭނުންވާ މައުލޫތުތައްދީ އެ ފްލައިޓް ސަލާމަތްކުރި ކުރުން ވަނީ ފާހަގަކޮށްފައެެވެ.