ads
ޔޫކޭގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ---
ލަންޑަންގައި ހާލުުގައި ޖެހުނު މީހަކަށް އެހީނުވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އނގިރޭސިވިލާތުގެ ލަންޑަންގައި ހާލުގައި ޖެހުނު މީހަކަށް އެހީނުވާކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީން ދޮގު ކޮށްފި އެވެ.
Advertisement

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެމީހާ އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނާ ގުޅާފައިވަނީ މާޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ. އެގޮތުން އެމީހާ ލަންޑަނަށް ދިޔައީ ލަންކާގައި ހުރުމަށްފަހު ތުރުކީ މަގުން ކަމަށާއި، އަދި އޭނާ ލަންޑަނަށް ދިޔައީ ކެރީބިއަންގެ ގައުމަކަށް ދިއުމުގެ ބޭނުގައި ކަމަށް މައުލޫމާތު ދީފައިވާކަމަށެވެ. 

މިއުވާން ވިދާޅުވީ އެމީހާ މާޗް 24 ގައި އިނގިރޭސިވިލާތުގައި  ހުންނަ ހައިކޮމިޝަނަށް ގުޅުމަށްފަހު ކެރީބިއަންގެ ގައުމަށް ދިއުމަށްޓަކައި ނަގާފައިވާ ޓިކެޓް ކެންސަލް ވެފައިވާކަމަށް ބުނިކަމަށެވެ. އަދި އޭނާއަށް އަވަހަށް ފުރުމަށް ހައިކޮމިޝަނުން އެންގި ކަމަށާއި، އެގޮތަށް އަންގާފައިވަނީ ކޮވިޑް19 އާއި ގުޅިގެން ބައެއް ބޯޑަރުތައް ބަންދުކުރަމުން ގެންދިއުމުން ކަމަށެވެ. އަދި ރާއްޖެއަށް އާދެވޭނެ ގޮތްތައް ހުރިކަން ބުނި ކަމަށާއި، އެހެން ނަމަވެސް އެކަމުގައި ހަބަރެއް ނުވި ކަމަށެވެ. އަދި މާޗް 27 ގައި ވެސް ފްލައިޓެއް އޮތްވާހަކަ ބުނި ކަމަށާއި، އެހެން ނަމަވެސް ފައިސާ ނެތްވާހަކައެއްވެސް ނުވަތަ އެފަދަ އިތުރު ވާހަކައެއްވެސް އެމީހާ ބުނެފައިނުވާކަމަށް މިއުވާން ވިދާޅުވި އެވެ. 

އޭގެ ގާތްގަނޑަކަށް މަސްދުވަސްފަހުން އޭޕްރިލް 22 ގައި ގުޅުމަށްފަހު އަނެއްކާ ހައިކޮމިޝަންގެ އެހީތެރިކަމަށް އެދުނުކަމަށާއި އަދި އޭޕްރިލް އެކެއްގައި ޓިކެޓެއް ނަގައި ކެންސަލް ވީކަމަށް އެމީހާ ބުނި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. އަދި އެމީހާ ހުންނަންޖެހޭ ހޮޓަލުން ނިކުންނަން ޖެހިފައިވާކަމަށް ބުނުމުން އޭނާ ހުރުމަށް ހޮޓެލެއް ހަމަޖައްސައިދީފައިވާކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. 

މީގެ އިތުރުން މިއުވާން ވިދާޅުވީ އެމީހާ އޭގެފަހުން އޭޕްރިލް 28 ގައި ގުޅުމަށްފަހު ރާއްޖެއަށް ފްލައިޓެއް އޮތްތޯ އެހިކަމަށާއި، އެހެން ނަމަވެސް އޭރު އެފަދަ ފްލައިޓެއް އޮތްކަން އެގެން ނެތުމުން އެކަން އެންގި ކަމަށެވެ. އަދި މޭ ހަވަނަ ދުވަހު ގުޅުމަށްފަހު އޭނާ މާލީ އެހީއަށް އެދުނުކަމަށެވެ. އަދި އެކަމަށް މައިލް އަކުން އެދުމަށް އެދުނު ކަމަށާއި އެހެން ނަމަވެސް އެހީއަށް އެދުމަށް ބޭނުންވާ ލިޔެކިޔުން އޭނާ އަދިވެސް ފޮނުވާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.

"ދައުލަތުގައި ހުންނަނީ ރައްޔިތުންގެ ފައިސާ. އެފައިސާ ހަރަދުކުރެވޭނީ އޮންނަ އުސޫލުތަކުގެ ތެރެއިން. އެހެންވެ ލިޔެކިޔުމުން އެކަންކަން ހުންނަންޖެހޭނެތީ އެގޮތަށް އެދުނީ. އެހެން ނަމަވެސް އެއިން އެއްވެސް އެއްޗެއް ހުށަހަޅާފައެއް ނުވޭ."

މީގެ އިތުރުން މިއުވާން ވިދާޅުވީ މޭ ނުވަ ވަނަ ދުވަހު އެނބުރި ލަންކާއަށް ދާން ބޭނުންވާކަމަށް އެމީހާ ބުނި ކަމަށެވެ. އަދި އެކަމަށް ސަރުކާރުގެ ހާއްސަ ލިޔުމަކަށް އެދުނު ކަމަށާއި، އެހެން ނަމަވެސް ލަންކާގެ  ބޯޑަރު އޭރު ބަންދުކޮށްފައި އޮތްކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ކުރިން ނެގި ކަމަށް ބުނި ޓިކެޓްތަކުގެ ކޮޕީތައް ވެސް މެއިލް ކުރުމަށް އެދުނު ކަމަށާއި، އެހެން ނަމަވެސް އެކަން ވެސް ކޮށްފައި ނުވާކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ އެމީހާ ހުރި ހޮޓަލުން ނިކުންނަންޖެހުމުން އެމްބަސީކައިރިއަށް އައި ކަމަށެވެ. އެހެން ނަމަވެސް ލިޔެކިޔުމެއް ރަސްމީކޮށް ކުރިން ހުށަހެޅުމަށް އެދި އެކަން ކޮށްފައި ނެތުމުން ރަސްމީކޮށް އެހީތެރިކަން ފޯރުކޮށްނުދެވުނީ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހާލުގައި ޖެހުނަ ނުދިނުންކަމަށާއި، އެގޮތުން ރޭ އެމީހާއަށް ނިދާނެތަނަކަށާއި، ކެއުމަށް ބޭނުންވާނެ ފައިސާ އޭނާއަށް ދިންކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް