ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮރަޕްޝަންގެ މައްސަލަތައް ބެލުން އަވަސް ކުރުމަށް މަޖިލީހުން ފާސްކޮށްފި
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަންތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބެލުމަށް ހުށަހަޅާފައިވާ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ. 

މި ކޮމިޓީ ރިޕޯޓް ފާސްވެފައިވަނީ 65 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީ ރިޕޯޓްގައި ނުވަ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވަނީ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ދިވެހިރާއްޖޭގައި އާންމު ސިއްހަތައް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ގޮދޮރު ނެތް ފަރާތްތަކާއި، މަގުމަތިވެފައިވާ ފާރަތްތަކާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އެކަށީގެންނުވާ ކުދި ޖާގައިގައި ދިރިއުޅެންޖެހުމުގެ ސަބަބުން އަސާސީ ކަންކަން ހަމަޖެހިފައި ނެތް ފަރާތްތައް، މުޖުތަމައުގައި އެ ބަލި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުންނާއި، މުޖުތަމައުގެ ހަމަނުޖެހުމާއި ނުރައްކަލަށް އެފަދަ ފަރާތްތައް ހުށަހެޅުން ކުޑަކުރުމުގެ ގޮތުން، މިދަނޑިވަޅުގައި އެފަރާތްތައް ވަންނާނެ ވަގުތީ ހިޔާތައް ދައުލަތުގެ ކަމާގުޅޭ ފަރާތްތަކުން ހޯދައި ދިނުމަށެވެ. 

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާއި، އަދި ދައުލަތުގެ އެކިއެކި އިދާރާތަކުން ކުރިއަށްގެންދާ ބޮޑެތި މައްސަލަތައް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ކަނޑައަޅާފައިވާ ހާއްސަ އުސޫލުތާކާ އެއްގޮތްވާ ގޮތުގެމަތިން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެއެވެ. 

ކޮމިޓީން ހުށަހަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހްޤީޤުކުރާ ކޮމިޝަނުން ބަލަމުންގެންދާ މައްސަލަތަކުގައާއި، އަދިވެސް ސަރުކާރަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ މަްއުލޫމާތުގެ އަލީގައި ސަރުކާރުން އަދި ވަކިން ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް ލަސް ނުކޮށް އެޅުމަށް ވެސް ހުށަހަޅާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް