ads
ސިޓީގެ ވެރިޔާ ޝެއިޚް މަންޞޫރު އަދި ކޯޗު ޕެޕް ގާޑިއޯލާ
ޔުއެފާއާއި ދެކޮޅަށް ސިޓީން ކުރާ ދައުވާ ޖޫން މަހު
މެންޗެސްޓާ ސިޓީން، ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ދެ އަހަރު ދުވަހަށް ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައިވާ މައްސަލައިގާ ޔުއެފާއާއި ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ކޮށްފައިވާ ދައުވާގެ އަޑު އެހުންތައް ޖޫން މަހަށް ތާވަލުކޮށްފިއެވެ.
Advertisement

ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ  އާއި އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ދެ އަހަރު ދުވަހަށް ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައިވަނީ ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޔުއެފާގެ މިނިވަން ތަހުގީގަކަށް ފަހު ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން ތިރީސް މިލިއަން ޔޫރޯއިންވަނީ ޖޫރިމަނާކޮށްފައެވެ. ސަސްޕެންޝަންގެ އަދަބު ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ. ކުރިންވެސް ސިޓީއަށްވަނީ ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާއި ހިލާފުވެގެން ޔުއެފާގެ އަދަބު ލިބިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ފައިނޭންޝަލް ފެއާޕްލޭ ގެ އުސޫލުތަކާ ހިލާފުވެފައިވަނީ ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ފައިސާތަކުގެ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައިގެންނެވެ.

ސްވިޓްޒަލަންޑްގެ ލޯސޯންގައި ގާއިމްކޮށްފައިވާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހުށަހަޅާ ބައިނަލްއަޤްވާމީ ކޯޓެވެ. މެންޗެސްޓާ ސިޓީގެ ސަސްޕެންޝަނާއި ގުޅިގެން އެ ކްލަބުން ޔުއެފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ފެށުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. ތިން ދުވަހަކަށް ތާވަލުކޮށްފައިވާ މި މައްސަލަ ކުރިއަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ.  ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުގެ ހުރަސްތަކާއި ހެދި އަޑު އެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގެންދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް