ads
ޕޫޖާ ބޭދީ ދައްކާލީ ގޯއާގެ ކަރަންޓީން ފެސިލިޓީއެއްގެ "މުޑުދާރުކަން"
ބޮލީވުޑުގެ ކުރީގެ ތަރި ޕޫޖާ ބޭދީ އާއި އޭނާގެ ލޯބިވެރިޔާ މިވަގުތު ހުރީ އިންޑިއާގެ ގޯއާގެ ކަރަންޓީން ފެސިލިޓީއެއްގަ އެވެ. މުޅި ގައުމު ލޮކްޑައުނެއްގައި އޮތް ދަނޑިވަޅެއްގައި ޕޫޖާ، ގޯއާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އޭނާ އެގޮތަށް އެކަން ކުރީ ހާއްސަ ހުއްދަތަކެއް ލިބިގެންނެވެ. ދަތުރުގައި ކަންކުރި ގޮތް ވަރަށް ތަފްސީލުކޮށް އޭނާ ކިޔައިދެ އެވެ.
Advertisement

ގޯއާއަށް ނިސްބަތްވާ މީހަކާއި ޕޫޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެ ސަރަހައްދަށް ކުރި ދަތުރާ ގުޅިގެން އޭނާ ހުރީ ކަރަންޓީންގަ އެވެ. މަޑުކުރަން ޖެހުނު ކަރަންޓީން ފެސިލިޓީއާ މެދު ކަންބޮޑުވެ ޕޫޖާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ވަނީ އެތަނުގެ "މުޑުދާރު" ކަން ދައްކާލާފަ އެވެ. 

ޓީވީ މަތި ހިރަފުހުން ފުރިފައިވާއިރު އެތަނުގައި މަކުނުވާ އެވަރަށް ހުއްޓެވެ. އަދި އެނދުމަތީގައި ނިކަން ހުދު ފޮތިގަނޑެއް އަޅާފައި އޮތް ނަމަވެސް އޭގެ ހަގީގަތް އޭނާ ދައްކާލީ ފޮތިގަނޑު ނެގުމަށް ފަހެވެ. އެގޮތުން ބޯލަން އޮތް ބާލިސް އޮތީ ހަޑިވެގެން ގޮސް ރީނދޫ ކުލައިގަ އެވެ. 

ޕޫޖާ އިތުރަށް ބުނީ މީހުން އައިސް ނިކުމެގެންދާއިރު އެތަން ސާފުކޮށް ނުލާ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި ކަރަންޓީން ކުރާއިރު އެފަދަ ހަޑިތަނެއްގައި މީހުން ބައިތިއްބާނަމަ އެމީހުންނަށް ވެސް ނުރައްކާ ބޮޑުވާނެކަން ޕޫޖާ ފާހަގަކުރެ އެވެ.

އޭނާ ބުނީ އެ ވީޑިއޯ ހިއްސާކޮށް ޓްވީޓްކުރީ ކަންބޮޑުވާތީ ކަމަށެވެ. 

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ޕޫޖާ ކައިވެންޏެއް ކުރި އެވެ. އެކަމަކު 2003 ވަނަ އަހަރު އެ ކައިވެނި ނިމުމަކަށް އައި އިރު އެމީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ. އޭނާގެ އަންހެން ދަރިފުޅު މިއަހަރުގެ ތެރޭގައި ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ.

ޕޫޖާގެ ފިލްމުތަކަށް ބަލާއިރު އޭނާ ވަނީ ނުވަ ދިހައިގެ އަހަރުތަކުގައި ނެރުނު ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް