ads
ރޮނާލްޑޯ ޔުވެންޓަސްގެ ޕްރެކްޓިހުގައި ބައިވެރިވާން ފެށީ އަންގާރަ ދުވަހު
ރޮނާލްޑޯ ޕްރެކްޓިހަށް ނުކުމެއްޖެ
ދެ މަހަށްވުރެ ގިނަ ދުވަހު، ޓީމާއި ދުރުގައި އުޅުމަށް ފަހު ޔުވަންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރެކްޓިހުގައި ބައިވެރިވެއްޖެއެވެ. ރޮނާލްޑޯ ޔުވެންޓަސްގެ ޕްރެކްޓިހުގައި ބައިވެރިވީ އަންގާރަ ދުވަހުއެވެ.

މާޗު މަހު ކުރީކޮޅު، ކޮވިޑް-19 އާއި ގުޅިގެން އިޓަލީގެ ފުޓްބޯޅަ މެދު ކަނޑާލުމާއި އެކު ރޮނާލްޑޯ ދިޔާއީ އޭނާގެ އުފަން ގައުމުކަމަށްވާ ޕޯޗުގަލްއަށެވެ. ޕޯޗުގަލް އަށް ދިއުމަށް ފަހު ރޮނާލްޑޯ ހުރީ އެގައުމުގެ އައްސޭރި ސަރަހައްދަކުން އޭނާ ކުއްޔަށް ހިފި ލަގްޒަރީ އެޕާޓްމެންޓެއްގައެވެ. އެހެން މީހުންނާއި އެކަހެރިކޮށް، ހަމަ އެކަނި އާއިލާއާއި އެކު އުޅުނު މި ދުވަސްވަރުގެ ތެރޭގައި ވަރަށް މަދު ފަހަރަކު ނޫނީ ރޮނާލްޑޯ ބޭރަށް ނުކުމެފައެއް ނުވެއެވެ. އާއިލާއައި އެކު އަމިއްލަ ގައުމުގައި ދެ މަހެއްހާ ދުވަހު ހުރުމަށް ފަހު އެނބުރި އިޓަލީއަށް، އަމިއްލަ ޕްރައިވެޓް ޖެޓުގައި ރޮނާލްޑޯ އެނބުރި ދިޔައީ މީގެ ދެ ހަފުތާ ކުރިންނެވެ. އޭރުއްސުރެ ފެށިގެން ރޮނާލްޑޯ ހުރީ ޓިއުރިންގައި ހުންނަ އޭނާގެ ލަގްޒަރީ އެޕާޓްމެންޓުގައި އަމިއްލައަށް އައިސޮލޭޓްވެގެންނެވެ.

އައިސޮލޭޝަންގައި ދެ ހަފުތާ ފުރިހަމަ ކުރުމަށް ފަހު ކޮވިޑުގެ އަސަރެއް ހުރިތޯ ޓެސްޓް ކުރުމަށް ފަހު ޔުވެންޓަސްގެ ޕްރެކްޓިހުގައި އަންގާރަ ދުވަހު ބައިވެރިވުމާއި އެކު އޭނާ ވެފައިވަނީ ޔުވަންޓަސްއަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޕްރެކްޓިހާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޔުވެންޓަސްއިން އަންނަނީ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޕްރެކްޓިސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް