ދެމެހެއްޓެނިވި ޕޮލިސީއެއް ބޭނުންވާކަމަށް ވިދާޅުވެ ނާޒިމް ކުރެއްވި ޓްވީޓްގައި ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ.
އެގޮތުން ނާޒިމް ވަނީ ބައްޔަށް ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި މަސްތަކެއް ނުވަތަ އަހަރުތަކެއް ތިބޭނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ހާއްސަކޮށް ބަލަންޖެހޭ ފަރާތްތަކަށް އިސްކަމެެއްދީގެން ގައުމު އަދި އިގްތިސާދު ހުޅުވާލާނީތޯ ނާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.
ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދެމެހެއްޓެނިވި ޕޮލިސީއެއް ބޭނުންވާވާކަމަށް ވިދާޅުވެ އަދި ރަސްކް ނަގައިގެން ރާއްޖެ ހުޅުވާލުމަށް ނާޒިމް ގޮވާލާފައިވާއިރު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ގިނަ މެމްބަރުން ވަނީ ރިސްކް ނަގައިގެން ރާއްޖެ ހުޅުވާލުމަށް ގޮވާލާފައެވެ.