އައިލެންޑް ބެވަރެޖަސް އިން އެކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ހަ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ ދަށުން ކުންފުނީގެ ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް ވެސް ބުނެ އެވެ. އަދި އެޗްޕީއޭއާ ގުޅިގެން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެ އެވެ.
މި ދުވަސްވަރު ތާޒާ ފެނަށް ޑިމާންޑް ބޮޑުވެ އެކުންފުނިން އައީ ފިހާރަތަކާއި އޮޑިފަހަރަށް ފެން ޑެލިވާކޮށްދެމުންނެވެ.