ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ގޮއިދޫގެ ހުރިހާ ރައްޔިތުން ވަނީ ބައިވެރިވަފަ އެވެ.
އެ ޖަމިއްޔާގެ ރައީސް ހަސަން ނިޒާމު، މިއަދު ސީއެންއެމްއަށް ވިދާޅުވީ، ކަރަންޓީން ފެސިލިޓީއަށް ހަދިޔާކުރި ޖޫހާއި ތަފާތު އެކި ހެދިކާއަކީ ރަށުގެ ރައްޔިތުން ތައްޔާރުކުރި ސާމާނު ކަމަށެވެ.
އަދި ވިދާޅުވީ އެކަމުގައި ބައިވެރިވުމުގެ ގޮތުން ހެޔޮ އެދޭ އެކި ފަރާތްތަކުން ފެނާއި، ޕާރުސަލް ތަށި އަދި ކަރަޔާއި ކަދުރު ފަދަ ތަކެތި ވެސް ވަނީ ޖަމިއްޔާއަށް ހަދިޔާކޮށްފައި ކަމަށެވެ.
ނިޒާމް ވިދާޅުވި ގޮތުގައި 275 ޕާރުސަލް ވަނީ އެ ކަރަންޓީން ފެސިލިޓީއަށް ފޮނުވާފަ އެވެ. އަދި މިތަކެތި ކަރަންޓީނުގައި ތިބި މީހުންނާއި ހިސާބަށް ގެންގޮސްފައި ވަނީ ރިސޯޓުގެ ލޯންޗެއްގައިކަން ވެސް ނިޒާމް ފާހަގަކުރައްވަ އެވެ.