
ކަރަންޓީން ދުވަސްވަރުގައި ކައިލީ އާއީ އޭނާގެ ދެ އަހަރުގެ ދަރިފުޅު ސްޓޯމީ ވެބާ ދަނީ އެކުގައި އެތަކެއް އިރެއް ހޭދަ ލުރަމުން ނެވެ. އަދި މި އަންގާރަ ދުވަހުގައި ކައިލީ ވަނީ ސްޓޯމީގެ ރީތި ބުޅި އިސްތަށިގަނޑު އޭނާގެ އިންސްޓަގްރާމް ގައި ދައްކާލާފަ އެވެ.
ކައިލީގެ އިންސްޓަގްރާމް ސްޓޯރީ އަށް ލާފައިވާ މި ވީޑިއޯ ކޮޅުގައި ދައްކާލަނީ ސްޓޯމީ ސްވިމިން ޕޫލް ކައިރީ ކުޅެ އުޅޭ މަންޒަރެވެ. އަދި އެ ވީޑިއޯގައި ކައިލީ އޭނާގެ ދަރިފުޅު ފަހަތުން ދާ މަންޒަރާއި، ސްޓޯމީ އޭނާގެ ކުޅޭ އެއްޗެއް ޕޫލް އަށް އެއްލައިލާ މަންޒަރު ދައްކުވައިދެ އެވެ.
ކައިލީ އޭނާގެ ދަރިފުޅު ޕޫލްއަށް ރަނގަޅު ކުޅޭ އެއްޗެއް އެއްލާ ނުލާތޯ މަސައްކަތް ކުރަމުން ދިއައިރު، ފޭނުންނަށް ބޮޑަށް ފާހަގަ ވެގެން ދިޔައީ ސްޓޯމީގެ އިސްތަށިގަނޑެވެ. އެއްވެސް ގޮތެއް ނުވަތަ ސްޓައިލެއް ނަހަދާ ހުރި ސްޓޯމީގެ އިސްތަށިގަނޑު ނެޗުރަލް ކޮށް އެއްވެސް ގޮތެއް ނުހަދާ، ވިއްސާލާފައި އޮތުމުން ރީތި ވާހަކަ ގިނަ ފޭނުން ދަނީ ދައްކަމުން ނެވެ.
ކައިލީ އަދި ސްޓޯމީ އަބަދުވެސް އެއްކޮށް ދެމީހުންގެ ވަރަށް ލޯބި ވީޑިއޯ ކްލިޕް ފޭނުންނާއި ހިއްސާކުރެ އެވެ. ކައިލީ މީގެ ކުރިން ވެސް ވަނީ ސޯޝަލް މީޑިއާގައިފޮނުތަކެއްގެ ތެރެއިން ސްޓޯމީގެ މޫނު ދައްކުވައިދޭ ފޮޓޯ އެއް ހިއްސާކޮށްފަ އެވެ. އެފޮޓޯގައި ސްޓޯމީ ވަރަށް ލޯބި ހިނިތުން ވުމެއް ދީފައިވާއިރު ގިނަ ބަޔަކަށް ވަނީ އެފޮޓޯ ކަމުގޮސްފަ އެވެ.
ސްޓޯމީއަކީ ކައިލީގެ ކުރީގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އަށް ލިބިފައިވާ ކުއްޖެކެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން 2017 ވަނަ އަހަރުން ފެށިގެން އުޅުނު ނަމަވެސް މިހާރު އެ ދެ މީހުން ވަނީ ރުޅިވެފަ އެވެ.