އެގޮތުން ޝާހް އާއި އެކު ފިލްމު އޯމް ޝާންތި އޯމް އިން ބޮލީވުޑް އަށް ތައާރަފްވި ދިޕިކާ ޕަޑުކޮން އަކީ މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުގައި ހިމެނޭ ތަރިއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުންގެ ލޯބި ލިބިފައިވާ ދިޕިކާ އަށް ވަނީ އެއަހަރު "ބެސްޓް ޑެބިއު ފިލްމްފެއާ އެވޯޑް" ވެސް ލިބިފަ އެވެ.
އަނުޝްކާ ޝަރުމާ ވެސް ބޮލީވުޑުން އެންމެ ފުރަތަމަ ފެނިގެން ދިޔައި ޝާހް އާ އެކުއެވެ. ފިލްމު ރަބް ނޭ ބަނާ ދީ ޖޯޅީ އިން 2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި އަނުޝްކާ ވަނީ އޭނާގެ މޮޅު އެކްޓިން އިން ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ.
މީގެ 22 އަހަރު ކުރިން، 1998 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވި ޕްރިތީ ޒިންތާގެ ފުރަތަމަ ފެނުލުންވެސް ފެނިފައި ވަނީ ޝާހް އާ އެކު އެވެ. ދިލް ސޭ ފިލްމުގެ ލީޑް ރޯލުން ޕްރިތީ ފެނިގެން ނުދިޔަ ނަމަވެސް އޭނާ އެފިލްމުގައި ކުޅުނު ރޯލު ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.
ޝިލްޕާ ޝެޓީ ބޮލީވުޑަށް ތައާރަފްވެފައި ވަނީ ޝާހުގެ ކާމިޔާބު ފިލްމު ބާޒީގަރުން ނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ އަންނަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެމުންނެވެ.
މީގެ 23 އަހަރު ކުރިން، 1997 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވި މަހިމާ ޗޯދްރީ ގެ ފުރަތަމަ ފެނިލުންވެސް ފެނިފައި ވަނީ ޝާހު އާ އެކު އެވެ. އެ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމު ޕަރްދޭސް އިން މަހިމާ އަށް ވަނީ ބެސްޓް ޑެބިއު ފިލްމު އެވޯޑް ވެސް ލިބިފައެވެ. މަހިމާ އާއި ޝަހުގެ ޖޯޑަކީ އޭރު ބޮލީވުޑްގައި ގިނަ ބައެއްގެ ތަރުހީބު ހޯދައިފައިވާ ޖޯޑެކެވެ.