ads
ހައްޤުތައް ނުގެއްލޭނެހެން ފަސޭހައިން ޝަރީއަތް ކުރެވޭނެ އިންތިޒާމް އޮންނަންޖެހޭ: ޕީޖީ ޝަމީމް
މައްސަލަތަކުގައި ދައުވާ ލިބޭ މީހާގެ ހައްޤުތައް ނުގެއްލޭ ގޮތަށް ފަސޭހައިން ޝަރީއަތް ކުރިއަތް ގެންދެވޭނެ އިންތިޒާމްތަކެއް އޮންނަންޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދާއިރު ދައުވާ ލިބޭ މީހާގެ ހައްޤުތައް ނުގެއްލޭ ގޮތަށް އަދި ފަސޭހައިން ޝަރީއަތް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ތަކެއް ހުރުން މުހިންމު ކަމަށެވެ. 

ޝަމީމް ވިދާޅުވީ ބަދަލު ގެންނަނީ މުޅި ޝަރީއަތް ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނޫން ކަމަށާއި، ހިންގެން ހުންނަ ޝަރީއަތްތައް ހިންގުމަށްކަމަށެވެ. 

"ވަރަށް ކުދި ކުދި މައްސަލަތައް އެބަހުރޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދެވޭނެ މައްސަލަތައް އަދި ބައެއް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ މައްސަލަތައް. މި ދައްކަނީ ހެކިން ހާޒިރުކޮށް، ހެކިންނާ ސުވާލު ކުރުމުގެ މުޅި ޕްރޮސެސް އެއްކޮށް އޮންލައިންކޮށް ގެންދާ ވާހަކައެއް ނޫން"

މީގެ އިތުރުން ޝަމީމް ވިދާޅުވީ ބަދަލުގެނަޔަސް ދައުވާ ލިބޭ މީހާ ބޭނުންވާ ނަމަ، ފަނޑިޔާރުގެ ކުރިމައްޗަށް ސީދާ ހާޒިރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނޭ ހާއްސަ އުސޫލުތަކެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ ހާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ ކަމާގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކެއެވެ. 

އެގޮތުން މި އިސްލާހުގައި ވަނީ ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގިދާނެ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދެވޭނޭ ހާލަތްތަކާއި އުސޫލުތައް ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރަންވާނޭ ކަމަށް ވެއެވެ. 

މީގެ އިތުރުން މި ބިލުގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާރިސާއެއް އިއުލާނުކޮށްފައިވާ ހާލަތުގަޔާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ހާލަތުގައި ހާއްސަ އިޖުރާއަތުތަކަށް އަމަލުކުރެވިދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް