ads
އަނަންޔާ ޕާންޑޭ އަދި ސުހާނާ ހާން---
އަނަންޔާ ޕާންޑޭ ބީއެފްއެފް ސުހާނާއަށް އުފަންދުވަހުގައި ވިޝް ކޮށްފި
އަނަންޔާ ޕާންޑޭ އޭނާގެ ބީއެފްއެފް ސުހާނާ ހާން އަށް އުފަންދުވަހުގެ ތަހުނިޔާ އަދާ ކޮށްފި އެވެ.

އަނަންޔާ ޕާންޑޭ އަދި ސާހް ރުކް ހާން ގެ ދަރިފުޅު ސުހާނާ ހާން އަކީ ކުޑަ އިރުއްސުރެ ވެސް ވަރަށް ގާތް ދެ ރަހްމަތްތެރިން ނެވެ. އަދި އެ ދެމީހުންގެ ގާތް ރަހްމަތްތެރިކަން އަދިވެސް ފެންނަމުންދެ އެވެ. އަނަންޔާ އަދި ސުހާނާ ގެ ރަހްމަތްތެރިކަން ދައްކައިދޭ ޕޯސްޓް ތަކާއި ފޮޓޯ ތަކަށް ފޭނުންގެ ބޮޑު މަގްބޫލު ކަން އަބަދުވެސް ލިބެމުން ދެއެވެ. 

އެގޮތުން ސުހާނާ ގެ 20 ވަނަ އުފަންދުވަހު އަނަންޔާ ވަނީ ވަރަށް ލޯބި ޕޯސްޓަކުން ސުހާނާ އަށް އުފަންދުވަހުގެ އުފާވެރި ތަހުނިޔާ އަދާ ކޮށްފަ އެވެ.   

އަނަންޔާގެ އިންސްޓަގްރާމް ޕޯސްޓުގައި ބީއެފްއެފް ސުހާނާ އަށް ވިޝް ކުރަމުން އޭނާ ވަނީ ސުހާނާ މަތިން ހަނދާންވާ ވަރު ބުނެފަ އެވެ. އަދި އެންމެ ބޮޑަށް މިސް ވަނީ ބޭރަށް ދިއުން އަދި ސުހާނާ މަތިން ކަމަށް އަނަންޔާ ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ އިތުރުން، 20 އަގަރު ފުރުނު ކަމުގައިވީ ނަމަވެސް ސުހާނާ އަކީ އަބަދުވެސް އޭނާގެ 'ބޭބީ' ކަމަށް އަނަންޔާ ވަނީ ބުނެފަ އެވެ.

ސުހާނާ ވަނީ އަނަންޔާ ގެ ލޯބި ޕޯސްޓަށް ޝުކުރު އަދާ ކޮށް ކޮމެންޓު ކޮށްފަ އެވެ.

your image

ފަހުން ފިލްމީ ދާއިރާއަށް ނިކުން އަނަންޔާ އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔައީ މަގްބޫލް ހާން ޑައިރެކްޓްކޮށް ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު، "ކާލީ ޕީލީ" ގަ އެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ އިޝާން ކައްޓާރެވެ. އޭގެ އިތުރުން ވެސް ދީޕިކާ ޕަޑުކޯން އާއި ސިދާތު ޗަތުރްވެޑީއާއެކު ޝަކުން ބަޓްރާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަން އަނަންޔާއަށް ވަނީ ލިބިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް