ads
އަންހެން ސިފައިންތަކެއް ބަޑިޖެހުމުގައި-- ފޮޓޯ: އެމްއެންޑީއެފް
ހަނދު ސާބިތުވެއްޖެނަމަ ބަޑި ޖެހުމުގައި އަންހެން ސިފައިން
މިރޭ ޝައްވާލުމަހުގެ ހަނދު ފެނިއްޖެނަމަ ޖުމްހޫރީ މައިދާނުގައި ބަޑި ޖެހުން ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
Advertisement

އެމްއެންޑީއެފުން މިއަދު ބުނީ މިރޭ ހަނދު ސާބިތުވެއްޖެނަމަ 20:30 އާއި 21:00 އާ ދެމެދުގައި ޖުމްހޫރީ މައިދާނުގައި ބަޑިޖެހުން ކުރިއަށް ދާނެ ކަމަށެވެ. 

އެގޮތުން އެންމެ ހާއްސަ ކަމަކީ މިރޭގެ އެ ހަރަކާތުގައި ބަޑި ޖެހުމުގައި އަންހެން ސިފައިން ހަރަކާތްތެރިވުމެވެ. 

މި ރޯދައަށް ހަނދު ފެނިގެން ވެސް ބަޑި ޖެހީ އަންހެން ސިފައިންގެ ޓީމެކެވެ.

މިއަހަރުގެ ޝައްވާލު މަހަށް ހަނދު ބެލުން ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމެއްގައި ވެސް މިރޭ އިރުއޮއްސުމަށް ފަހު އޮންނާނެ އެވެ. އެކަމަކު ފަލަކީ ހިސާބުތަކުން ބަލާއިރު މިއަހަރުގެ ފިތުރު އީދު ދުވަސް ވަނީ އަންނަ އާދިއްތަ ދުވަހަށެވެ. 

ހަނދު ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރެވިފައިވީ ނަމަވެސް މިއަހަރު ސައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ. 

ސައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދޭން ޖެހޭ ހެކިބަސް ނެގުމަށް ނިންމާފައި ވަނީ މިއަދު ހަވީރު 18:00 އިން ފެށިގެން އިރުއޮއްސި 19:30 އަށް އެކި ކޯޓުތަކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް