ads
ސްވިމިންގ އިވެންޓެއްގެ ތެރެއިން
ސްވިމިންގ އެސޯސިއޭޝަންގެ އެކްސްކޯ ދެމިއޮންނާނެ
މި މަހުގެ ފަންސަވީސްވަނަ ދުވަހު ދައުރު ހަމަވާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާކޮމިޓީ، އާ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ދެމި އޮތުމުގެ ހުއްދަ ސްޕޯޓްސް ކޮމިޝަނުންނާއި، ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ (ފީނާ)އިން، ޝަރުތުތަކަކާއި އެކު ދީފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު މި މަހުގެ ފަންސަވީސްވަނަ ދުވަހަށް ހަމަވާއިރު، ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން އަންނަނީ މާރިޗު މަހުން ފެށިގެން މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ކޮވިޑް ނަވާރައާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ހާލަތާއި ގުޅިގެން އެ އިންތިޚާބު ބޭއްވޭ ގޮތް ނުވީއެވެ. ހަތަރު ފަހަރެއްގެ މަތިން އިންތިޚާބު ބާއްވާނެ ތާރީޚުވެސް އެ އެސޯސިއޭޝަނުން އިއުލާންކުރިއެވެ.

ކޮވިޑާއި ގުޅިގެން މިހާތަނަށްވެސް އިންތިޚާބު ބޭއްވިފައި ނުވާތީ، ކޮވިޑް ނަވާރައާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ކުރުން ނިމުމަކަށް އައިސް، އާންމު ޙާލަތަކަށް ރުޖޫޢަވެ ސަރުކާރު ހުޅުވޭތާ ތިރީސް ދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމާ ހަމައަށް މިހާރު އިންތިޚާބުކޮށްފައިވާ ހިންގާ ކޮމިޓީ ދެމިއޮތުމުގެ ހުއްދަ ކޮމިޝަނަރ އޮފް ސްޕޯޓްސް ގެފަރާތުންނާއި ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާއިން މިހާރުވަނީ އެ އެސޯސިއޭޝަނަށް ދީފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އިންތިޚާބު އޮންނާނެ ތާރީޚެއް ސްވިމިންގ އެސޯސިއޭޝަނުން ދެން ކަނޑައަޅާނީ ސަރުކާރު ހުޅުވުމުންނެވެ. މާރިޗު މަހުގެ ނަވާރަ ވަނަ ދުވަހުން ފެށިގެންވަނީ ސަރުކާރު ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް