ads
ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގުޅިގެން ކޭޝްއިން ހިދުމަތް ތައާރަފް ކުރުން-- ފޮޓޯ: ދިރާގު
ދިރާގު ޕޭ އަދި ސީބީއެމް ގުޅިގެން ކޭޝްއިން ކުރުމުގެ ހިދުމަށް ތައާރަފްކޮށްފި
ދިރާގު ޕޭ އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ ޚިދުމަތް ތަޢާރަފުކޮށްފި އެވެ.
Advertisement
ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓްތަކަށް ކަސްޓަމަރުންގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ހިދުމަތް ތަޢާރަފްކޮށްފި އެވެ.

އެ ހިދުމަތް ވެގެން ދާނީ މުޅި ރާއްޖޭގައި ވެސް އަލަށް ބޭންކްއަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރަށެވެ.

ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މި ތައާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގު ޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުއައްސަސާތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަގުބަލުގައި "ކޭޝްލެސް" މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ ދިލަން ރާޖަޕަކްސަ ވިދާޅުވީ މި ޕާޓްނަޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެ އެވެ. އަދި މި ފަދަ މާޗެންޓްތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓު ލިބިގެން ދާނެ އެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއަ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފް ކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރު ކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ދިރާގުގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް