ads
އާލިއާގެ ލޮކްޑައުން ހެއާކަޓް ދިނީ ރަންބީރް ކަމުގައި ކަރަން ޖޯހަރް ބުނެފި
އާލިއާ ބަޓް ގެ ލޮކްޑައުން ހެއާކަޓް ދިނީ ރަންބީރް ކަޕޫރް ކަމުގައި ކަރަން ޖޯހަރް ބުނެފި އެވެ.

އާލިއާ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ބޯކޮށާފައި ހުރި ފޮޓޯއެއް ފޭނުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން ކަސްރަތު ކުރުމަށް ފަހު ނަގާފައިވާ އެ ފޮޓޯގައި އޭނާގެ އިސްތަށިގަނޑު ކޮށާލާފައިވާ ކަން ދައްކުވައިދެ އެވެ.

އަދި އިސްތަށިގަނޑު ކޮށާފައި ވަނީ ގޭގައި ކަމަށް ބުނެފައި އެ ފޮޓޯ ޕޯސްޓު ކޮށްފައިވީއިރު ވަކި މީހެއް ކަމެށް ނުބުނެ އޭނާ ވަނީ އެކަން ކޮށްދިނީ ލޯބިވާ މީހެއް ކަމަށް ބުނެފަ އެވެ. މިއާއެކު އެންމެން އިނގިލިދިއްކުރަން ފެށީ އެކަން ކުރީ ރަންބީރު ކަމަށް ބުނެ އެވެ.  

ކަރަން ޖޯހަރް އިންސްޓަގްރާމް ލައިވެއްގައި ފޭނުންނާއި ވާހަކަ ދައްކަނި ކޮށް އެތަނުން މީހަކު ވަނީ އާލިއާ އާއި މެދު ސުވާލު ކޮށްފަ އެވެ. ކަރަން ޖަވާބު ދިނީ އޭނާ އާލިއާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފަ އެވެ. އަދި އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭ ކަމަށާއި، އާލިއާ ވަނީ ލޮކްޑައުންގެ ތެރޭގައި ރަންބީރް ލައްވާ އޭނާގެ ބޯ ކޮށާލާފައި ކަަމަށް ކަރަން ވަނީ ބުނެފަ އެވެ.

އުމުރުން މިހާރު، 27 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.

މިއަހަރުގެ ތެރޭގައި އެ ދެތަރިން ކައިވެނިކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު މިހާތަނަށް ދެ އާއިލާއިން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް