އެ ބޭންކުން މިހެން ބުނެފައި މިވަނީ 'ކްރޮސް ބޯޑަރ ފީ ނަގާތީ އެކަމުގެ ކަންބޮޑުވުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުން ފާޅުކޮށްފައި ވަނީ ކޮށެވެ. އަދީ އެ ފީ ކަނޑާލުމަށް އެދި ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދައިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް ސިޓީއެއް ވެސް ފޮނުވާފައި ވަނިކޮށެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލުގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އޮޕްޝަނަލް އިޝުއާ ފީ އަކީ ކޮބައި؟
އޮޕްޝަނަލް އިޝުއާ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
މި ފީ ނަގާ ގޮތް:
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް 'އޮޕްޝަނަލް އިޝުއާ ފީ' ގެ ގޮތުގައި ނަގައެވެ.
ކްރޮސް ބޯޑާ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެއްކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ގިދުމަތް ތައާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުއާމަލާތްތަކުން މި ފީ ނަގަމުންދާކަމަށް ބީއެމްއެލް އިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;