މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ރިޕޯޓްކުރާ ގޮތުގައި އަރްޖުން ކަޕޫރު އޭނާގެ މަންމަގެ ކޮޓަރިއަށް ނުވަންނަތާ ހަ އަހަރުވެއްޖެ އެވެ. އެގޮތުން އެއް ކޮޓަރި ހުސްކޮށް ތަޅުލާފައި އެތަން ބާއްވާތީ ފާޑުކީ ނަމަވެސް އެއީ އޭނާގެ ކޮއްކޮ އަންޝުލާ ވެސް ބޭނުންވާ ގޮތްކަން ފާހަގަކުރެ އެވެ.
އެގޮތުން ދިރިއުޅެން ބޭނުންވަނީ މަންމަގެ ހަނދާންތަކާއެކު ކަމަށް ވެސް ބުންޏެވެ.
އަރްޖުން ބުނީ މަންމަގެ މަރަށް އަށް އަހަރުވެގެން ދިޔައިރު ވެސް އަދިވެސް އެކަމުން އަރައި ނުގަނެވޭ ކަމަށެވެ. އަދި ބުނީ މީހެއްގެ މައިބަދަ ބިންދައިގެން ގޮސް ހުއްޓާ ވެސް އޭނާގެ ކައިރީގައި ހިނގުމަށް ބުނާކަމަށާއި އެކަމަކު އެއީ ވަރަށް ވޭން ކަމަށެވެ.
އުމުރުން 34 އަހަރުގެ އަރްޖުންއަކީ ގިނަ ފިލްމުތަކެއްގައި ފެނިގެންގޮސްފައިވާ މޮޅު އެކްޓަރެކެވެ.