ފިލްމު ފެއާ އިން އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯ އިން ޝާހް އާއި ރަނީ ފެނިގެން ދަނީ ކަރަން ޖޯހަރާއި އެކު އެވެ. ތިން މީހުން އިޝީންދެގެން ތިބި އިރު، ކަރަން އެއްޗެއް އޮޅުންފިލުވާދޭތަން ފެނެއެވެ.
ރާނީ ހުދުކުލައިގެ ސަލްވާރް ކަމީޒް އެއްގައި ފެނިގެންދާއިރު، ޝާހް ލައިގެން ހުރީ ހުދުކުލައިގެ ގަމީހަކާއި ބީޖް ފަޓުލޫނެކެވެ. ކަރަން ހުރީ ކަޅުކުލައިގެ ޖެކެޓެއް ލައިގެންނެވެ.
1998 ވަނަ އަހަރު ރިލީސް ކުރި ކަރަން ޖޯހަރުގެ މި ފިލްމުން ޝާހް އާއި ރާނީ އާއި އެކު ލީޑް ރޯލުން ފެނިގެންދަނީ ކާޖަލް އެވެ. މީގެ އިތުރުން ސަލްމާން ހާންގެ ހާއްސަ ފެނިލުމެއް ފެނިގެން ދިޔައެވެ.