ads
ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމު
ބަންގްލަދޭޝް ފުޓްބޯޅަ ޓީމު އައިސޮލޭޓްކޮށް ކޭމްޕެއް ބާއްވަނީ
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް އައިސޮލޭޓްކޮށް ކޭމްޕެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ބަންގްލަދޭޝް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކޭމްޕް ބާއްވަން އެ ގައުމުން ވިސްނާފައިވަނީ، އީދުގެ ފަހުން، އަދި ކޮވިޑް-19 ގެ ކަންތައް ހަމައަކަށް އެޅުމުންނެވެ.

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމު އައިސޮލޭޓްކޮށް ކޭމްޕެއް ކުރަން އެ ގައުމުގެ ފެޑެރޭޝަނުން ވިސްނަނީ، ގައުމީ ޓީމުގެ ކުޅުންތެރިން އެކުގައި ރައްކާތެރި މާހައުލެއްގައި ފިޓްކޮށް ބޭތިއްބުމަށެވެ. ގައުމީ ޓީމު އައިސޮލޭޓްކޮށް ބާއްވަން ގަސްދުކުރާ ކޭމްޕު ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރޭވޭނެ ކަމަށް އެ ގައުމުގެ ފެޑެރޭޝަނުން އުއްމީދު ކުރެ އެވެ.

"ޑާކާގައި ނޫނީ ކައިރި އެހެން ހިސާބެއްގައި މި ބަލަނީ ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ކޭމްޕް ބޭއްވުމަށް. ކޭމްޕް ރާވާނީ އެއް ތަނެއްގައި ޕްރެކްޓިސް ކުރެވި ހަމަ އެ ތަނުގައި އެކޮމަޑޭޝަންގެ ކަންތައް ހަމަ ޖެހޭނެތާކަށް. ކޭމްޕުގައި ކުޅުންތެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،"

ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ކޮވިޑާއި ގުޅިގެން ރައްކާތެރިމަގެ ފިޔަވަޅެއްގެ ގޮތުން ކެންސަލްކޮށްފައިވާއިރު، ގައުމީ ޓީމު ވާދަކުރަން ޖެހޭ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ބަންގްލަދޭޝް ހިމެނިފައިވަނީ ޤަތަރާއި، އޮމާން އަދި އިންޑިޔާ އާއި އަފްޣާނިސްތާނާއި އެކު އެއް ގްރޫޕެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް