ads
މަދޫރީ--
މަދޫރީގެ އަޑުން އިނގިރޭސި ލަވައެއް، ހުރިހާ ޝުކުރެއް މަސައްކަތްތެރިންނަށް!
ބޮލީވުޑުގެ މަޝްހޫރު ތަރި މަދޫރީ ޑިކްސިތުގެ އަޑުން ލަވައެއް ކިޔާފައިވާ ލަވައެއް ނެރެެފި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައިވާތީ އެކަމުގެ ވާހަކަތައް ކިޔައިދޭ ލަވައެކެވެ. 

އިންސްޓަގްރާމު މެދުވެރިކޮށް މަދޫރީ އެ ލަވަ ހިއްސާކުރިއިރު ވީޑިއޯ އެ ލަވައިގައި އޭނާ ލަވަ ކިޔައި މަންޒަރައި ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުން ކުރަމުންދާ ބުރަ މަސައްކަތްތައް ފެނިގެންދެ އެވެ.

އިނގިރޭސި ބަހުން ކިޔާފައިވާ އެ ލަވަ ހިއްސާކުރަމުން މަދޫރީ ވަނީ ސަޕޯޓަރުންނަށް ލަވަ ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

މަދޫރީ އެންމެ ފަހުން ފެނިގެންދިޔައީ ކަރަން ޖޯހަރުގެ "ކަލަންކް" އިންނެވެ. އެ ފިލްމުގައި ސަންޖޭ ދަތާއި ވަރުން ދާވަން އަދި އަދިތްޔާ ރޯއީ ކަޕޫރުގެ އިތުރުން އާލިއާ ބަޓް އާއި ސޮނާކްޝީ ސިންހާ ވެސް ވަނީ މުހިއްމު ރޯލުތަކުން ފެނިގެންގޮސްފަ އެވެ. 

ކޮވިޑް-19 ފެތުރެމުންދާތީ އިއުލާންކޮށްފައިވާ ލޮކްޑައުނާއެކު މަދޫރީ ހުރީ އާއިލާއާއެކު އެމީހުން ދިރިއުޅެމުންދާ ގޭގަ އެވެ. އެކަމަކު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުން އުޅެމުން އަންނަ ދިރިއުޅުން ވެސް ދޭތެރެއަކުން ހިއްސާކުރަމުންނެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް