ads
ސުހާނާ ހާން-
ސުހާނާ ބުނީ 10 އަހަރު ފަހުން 30 އަހަރު ވާނެ ކަމަށް
ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހްރުކް ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ ހާން އޭނާގެ 20 ވަނަ އުފަން ދުވަސް ފާހަގަކުރީ މިމަހުގެ 22 ވަނަ ދުވަހެވެ.

އޭނާއަށް ފޮނުވި އުފަން ދުވަހުގެ ތަހުނިޔާއިން މުޅި ސޯޝަލް މީޑިއާ ފުރާލިއިރު އިއްޔެ އިންސްޓްގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯޓަކުގެ ކެޕްޝަނުގައި އޭނާ ވަނީ "ދިހަ އަހަރު ފަހުން އަހަންނަށް 30 އަހަރު ވާނެ،" ކަމަށް ޖަހާފަ އެވެ.

ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި އޭނާގެ ކޮއްކޮ، އަބްރާމް އަތުން ލިޔެ ހަދިޔާކޮށްފައިވާ ކާޑެއް ވެސް އޮތެވެ. އޭގައި ވަނީ ސުހާނާއަކީ ދުނިޔޭގައި ހުރި އެންމެ "ބެސްޓް" ދައްތަ ކަމަށެވެ.

ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފަ އެވެ. ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ސުހާނާ މިވަގުތު އަންނަނީ އިތުރަށް ކިޔަވަމުންނެވެ. ޝާހު ބުނި ގޮތުގައި ފިލްމީ ދާއިރާއަށް ދަރިފުޅު ނެރެން އެހީވާނީ ކިޔަވާ ނިމުމުންނެވެ. 

ނަމަވެސް ދާދިފަހުން ސުހާނާ ވަނީ ދިހަ މިނެޓުގެ "ދަ ގްރޭ ޕާޓް އޮފް ބުލޫ" ކިޔާ ކުރު ފިލްމެއްގައި އެކްޓްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް