ads
އދ. އޮމަދޫ
ހުއްދަނެތި މާލެ އިން އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި
ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދަނެތި މާލެ އިން އދ. އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނުނަގާ އެ މީހާ މާލެ އިން އޮމަދޫއަށް ގޮސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. 

އެ މީހާ ހަމަ އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި އަންހެނެކެވެ. އެކަމަކު އެމީހާ އޮމަދޫއަށް ގޮސްފައި ވަނީ ކޮން ބަޔަކާއެކު ކިހިނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނެތި ދަތުރުކޮށްގެން އަންހެނަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. 

އޭގެ ތިން ދުވަސްކުރިން ފުލުހުން ވަނީ އެއްވެސް ހުއްދަ އެއް ނެތި އއ. ފެރިދޫ އިން ފުރި ދެ މީހަކުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއީ 37 އަހަރާއި 20 އަހަރުގެ ދެ ފިރެހެނުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް