އެންޓި ވެކްސް ކެމްޕޭނަށް ހައްލު ހޯދަން ރާއްޖެއިން ގަރާރެއް ހުށަހަޅަނީ
16 ޑިސެމްބަރ 2019 - 12:21:46
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަތްވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓާސް އޮފް ހެލްތު (އައިސީއެޗްއެމް) ގައި ވެކްސިން ކުރުމާއި ދެކޮޅަށް ހިންގާ ކެމްޕޭނަށް ހައްލެއް ހޯދުމަށް ގަރާރެއް ހުށަހެޅުމަށް ރާއްޖެއިން ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 15 އިން 17 އަށް ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދާ ބައްދަލުވުމުގައި އޯއައިސީ މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.
މި އަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާ ގުޅިގެން މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ގައުމުތަތުގެ ސަމާލު ކަމަށް މިކަން ގެނެސް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިޒޮލިއުޝަން މިނިސްޓަރު އަމީން ހުށަހަޅުއްވާނެ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ވެކްސިނާ ދެކޮޅަށް ހިންގާ ކެމްޕޭނުގެ މައްސަލާގައި ރާއްޖެއިން ގަރާރެއް ހުށަހަޅަން ތައްޔާރުވަމުން ދާއިރު، އެފަދަ ކެމްޕޭނުތަކުގެ ސަބަބުން ކުރިން ކޮންޓްރޯލް ކޮށްފައިވާ ގިނަ ބަލިތަކެއް މިހާރު ދަނީ ބައެއް ގައުމުތަކުގައި ފެތުރެމުންނެވެ.
އެގޮތުން އޮސްޓްރޭލިއާ ކައިރީގައި އޮންނަ ސަމޯއާ އައިލެންޑްގައި ހަލުވިކަމާއެކު މީޒްލްސް ނުވަތަ ހިމަބިހި ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އެ ބަލީގައި 73 މީހުން އެގައުމުން މަރުވެފައި ވާއިރު، 5627 މީހުންނަށް ވަނީ އެ ބަލި ޖެހިފަ އެވެ.
ޔޫއޭއީގައި މިހާރު ކުރިއަށްދާ ބައްދަލުވުމަކީ "ކޮލިޓީ އޮފް ލައިފް" ޝިއާރުގެ ދަށުން އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން ތަންފީޒް ކުރާ މިންވަރު ބެލުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެން ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް