ads
ލަލީގާގެ މެޗެއްގެ ތެރެއިން ރާމޮސް އަދި މެސީ
ސްޕެނިޝް ލީގު އަލުން ފެށުމުގެ ހުއްދަ ދީފި
ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައިވާ ސްޕެނިޝް ލީގު، އަންނަ މަހުގެ އަށެއްގައި ފެށުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފިއެވެ. މިކަން އިއުލާން ކުރެއްވީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހު، ލަލީގާ ފެށުމުގެ ހުއްދަ ސަރުކާރުން ދީފައިވީ ނަމަވެސް، ލީގު އެންމެ އަވަހަށް ފެށުނަސް ފެށޭނެ ކަމަށް ބެލެވެނީ ޖޫން މަހުގެ ބާރަވަނަ ދުވަހުއެވެ. އެހެންނަމަވެސް ލީގުގެ މެޗުތައް ކުރިއަށްދާނީ ރައްކާތެރިކަގެ ފިޔަވަޅެއްގެ ގޮތުން، ސަޕޯޓަރުން ނުވައްދައެވެ. ލަލީގާ އަލުން ފެށުމުގެ ހުއްދަ މި ލިބުނީ، ލީގު ކެންސަލް ކުރަން ޖެހިއްޖެ ނަމަ ބިލިއަން ޑޮލަރުގެ މާލީ ގެއްލުމެއް ވާނެކަމުގެ ކަންބޮޑުވުންތައް އޮއްވައެވެ.

މާރިޗު މަހުން ފެށިގެން މެދު ކަނޑާލާފައިވާ ލަލީގާގެ ކުޅުން އަލުން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ކްލަބުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މިހާރު ޕްރެކްޓިސް ކުރަމުންނެވެ. ލީގު މެދު ކަނޑާލިއިރު ޓޭބަލްގެ އެއްވަނައިގަ އޮތީ ބާސެލޯނާއެވެ. ދެވަނައިގަ އޮތީ ރިއަލް މެޑްރިޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް